ޔޫނާދާބު އަމްނޫން ގާތު ބުންޏެވެ. ”ކަލޭ ދުވަހެއް ދުވަހަކަށް ތިޔަ ދަނީ ހުލިވެ ހުސްވަމުން. ކަލޭތީ ރަސްގެފާނުގެ ދަރިކަލެއް. ތިހެން އޮވެ ހުލިވަމުން ތިޔަ ދަނީ ކީއްވެތަ؟“ އަމްނޫން ޔޫނާދާބުގާތު ބުންޏެވެ. ”އެއީ އަހަރެން ތާމާރު ދެކެ ލޯބިވާ ވަރުން ވެގެން އުޅޭ ގޮތެއް. އެކަމަކު ތާމާރު އެއީ އަހަރެންގެ އެއްބަފާ އަބީޝަލޫމުގެ ކޮއްކޮއެއް.“