35 ދެން ޔޫނާދާބު ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”ބައްލަވާ! އަޅުގަނޑު ދެންނެވީ ހަމަ ރަނގަޅަށް ނޫންތޯ. ރަސްގެފާނުގެ ބޭފުޅުން އެތިބަ އަންނަނީނޫންތޯ.“
ދެން އަބްޝާލޫމް ފިލައިފިއެވެ. އެވަގުތު ސަހަރުގެ ދޮރުމަތީގައި ހުރި ދޮރުވާނަށް ފަރުބަދަތަކުގެ ތެރެއިން ހޫރުއަނީމާ ދިމާއިން ބައިގަނޑެއް އަންނަތަން ފެނިއްޖެއެވެ. އޭނާ ގޮސް ރަސްގެފާނުގެ އަރިހު އެވާހަކަ ދަންނަވައިފިއެވެ.
ރަސްގެފާނުގެ ބޭފުޅުން ޔޫނާދާބު ބުނިފަދައިން އަތުވެއްޖެއެވެ. އޭރު އެމީހުން ހަރުއަޑުން ރޮނީއެވެ. ދާއޫދުގެފާނާއި އަރިހުބޭކަލުން ވެސް ބާރަށް ކީރިތި ކުރައްވަނީއެވެ.