31 ދެން ދާއޫދު ރަސްގެފާނު ހެދުންކޮޅު ވީއްދަވައި ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ރަސްގެފާނުގެ ކާރީގައި ތިބި އަރިހުބޭކަލުން ވެސް ހެދުން ވީދައިފިއެވެ.
ކުޑަހިނދުކޮޅެއް ފަހުން ރައޫބައިން ވަޅުގެ ކައިރިއަށް އައެވެ. އަދި ޔޫސުފުގެފާނު އެވަޅުގެ އެތެރޭގައި ނެތްކަން އެނގުމުން އެކަމާއި އޭނާ ދެރަވާކަން ދެއްކުމުގެ ގޮތުން އޭނާ ލައިގެންހުރި ހެދުން އިރާލިއެވެ.
މިކަމާއިމެދު ޔަޢުޤޫބުގެފާނު ހިތާމަކުރައްވާ އެކަލޭގެފާނުގެ ފޭރާން ކޮޅު އިރުއްވައި ސުތުލި ފޭރާންކޮޅެއް ތުރުކުރެއްވިއެވެ. އަދި ޔޫސުފުގެފާނު އަވަހާރަވުމުގެ ހިތާމައިގައި އެތައް ދުވަސްތަކެއް ވަންދެން އެކަލޭގެފާނު އުޅުއްވިއެވެ.
ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ.
ދާއޫދުގެފާނު އެކުއްޖާ ފަސޭހަކުރެއްވުން އެދި މާތްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ކާއެއްޗެއް ފަރީއެއް ނުކުޅުއްވައެވެ. ގެޔަށް ވަޑައިގެން މުޅި ރޭގަނޑު ބިންމަތީގައި އޮންނަވަނީއެވެ.
އެބޭފުޅުންނަށް ގެޔަށް ވަޑައި ނުގެންނެވެނީސް ކަންތައް ވީ ގޮތުގެ ޚަބަރު ރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. ޚަބަރު އައި ގޮތަކީ ”އަބްޝާލޫމް ރަސްގެފާނުގެ ހުރިހާ ބޭފުޅުން މަރާލައިފި. ދިރި ހުރި އެކަކު ވެސް ނެތް.“ މިގޮތަށެވެ.
ދެން ދާއޫދުގެފާނު ޔުއާބްއާއި އޭނާއާ އެކުގައި ތިބި އެންމެންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން ވެސް ހެދުން ވީދައި މޮޅިވެރިކަމުގެ ސާލު ލާ. އަދި އަބްނައިރުއާ މެދު ހިތާމަފާޅު ކުރޭ.“ އަބްނައިރުގެ ގަބުރު ގެންދިޔައިރު ދާއޫދު ރަސްގެފާނު ވެސް އެގަބުރުގެ ފަހަތުން ވަޑައިގެންނެވިއެވެ.