2 ޞަމޫއީލް 13:3 - ކިތާބުލް މުޤައްދަސާ3 އަމްނޫނުގެ ރައްޓެއްސަކަށް ޔޫނަދަބު ކިޔާ މީހަކު ހުއްޓެވެ. އޭނާއަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. ޔޫނާދާބު އަކީ ވަރަށް ހިޔަޅު ބުއްދި ހުންނަ މީހެކެވެ. အခန်းကိုကြည့်ပါ။ |
ޔޫނާދާބު އަމްނޫން ގާތު ބުންޏެވެ. ”ކަލޭ ދުވަހެއް ދުވަހަކަށް ތިޔަ ދަނީ ހުލިވެ ހުސްވަމުން. ކަލޭތީ ރަސްގެފާނުގެ ދަރިކަލެއް. ތިހެން އޮވެ ހުލިވަމުން ތިޔަ ދަނީ ކީއްވެތަ؟“ އަމްނޫން ޔޫނާދާބުގާތު ބުންޏެވެ. ”އެއީ އަހަރެން ތާމާރު ދެކެ ލޯބިވާ ވަރުން ވެގެން އުޅޭ ގޮތެއް. އެކަމަކު ތާމާރު އެއީ އަހަރެންގެ އެއްބަފާ އަބީޝަލޫމުގެ ކޮއްކޮއެއް.“
އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.