2 ޞަމޫއީލް 13:28 - ކިތާބުލް މުޤައްދަސާ28 ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!“ အခန်းကိုကြည့်ပါ။ |
ދެން ޝާއުލްގެފާނުގެ އަރިހުބޭކަލުންނަށް އެންގެވިއެވެ. ”ދާއޫދު އެކަނި ބަހައްޓައިގެން އޭނާ ގާތު މިވާހަކަ ކަލޭމެން ދައްކާ ބަލަ. ބުނޭ، ’ރަސްގެފާނު ހުންނެވީ ކަލެއާ މެދު ވަރަށް ރުހި ވަޑައިގެންނޭ. އަދި އެކަލޭގެފާނުގެ އަރިހުބޭކަލުން ވެސް ކަލެއާ އެހާ ގަބޫލޭ. މިއީ އެ ރަސްގެފާނުގެ ދަރިކަނބަލަކާ ކަލޭ ކައިވެނި ކުރަން ރަނގަޅު ދަނޑިވަޅެކޭ.‘“