Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 13:25 - ކިތާބުލް މުޤައްދަސާ

25 ދާއޫދު ރަސްގެފާނު އަބްޝާލޫމަށް ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ! އަހަރެމެން އެންމެން ގޮސްގެން ކަމަކު ނުދާނެ. އޭރުން އެކަން ވާނީ ކަލެއަށް ވަރަށް ބޮޑު ތަކުލީފަކަށް.⁠“ އަބްޝާލޫމް އެތައް ވަރަކަށް ދެންނެވީމަ ވެސް ދާއޫދުގެފާނު ވަޑައިގަންނަވާކަށް އެއްބަސްފުޅެއް ނުވިއެވެ. އެކަމަކު އެކަލޭގެފާނު އޭނާއަށް ހެޔޮ އެދިވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 13:25
9 ပူးပေါင်းရင်းမြစ်များ  

އޭނާ ރަސްގެފާނު އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ކަންބަޅި ކެހެރި ކޮށަން ބަޔަކު އެބައާދޭ. އިއްޒަތްތެރި މަނިކުފާނުގެ އެންމެހައި އަރިހުބޭކަލުން ޚާދިމުން ގޮވައިގެން އެ ޙަފުލާއަށް ވަޑައިގެން ދެއްވާ.⁠“


އަބްޝާލޫމް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވަޑައިނުގަންނަވަންޏާ އަޅުގަނޑުގެ ބޭބެ އަމްނޫން އަޅުގަނޑާއެކު ފޮނުއްވާ.⁠“ ދާއޫދު ރަސްގެފާނު އަބްޝާލޫމް ކުރެން އެއްސެވިއެވެ. ”⁠އޭނާ ގެންދަން ކަލޭ ތިޔަ އުޅެނީ ކީއްކުރަން؟⁠“


ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”⁠މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.⁠“


ދެން ވެރިމީހާ ބުނި. ’⁠ޖެހިގެން އޮތް ރަށަށް ގޮސް އެރަށުން ވެސް މީހުން ގެންނާށޭ. އޭރުން އަހަރެންގެ ގެ ފުރޭނެއޭ.


ނަމަވެސް އެމީހުން އެކަލޭގެފާނު މަޑުކުރުވުމަށް ގަދައަޅާ މަސައްކަތް ކުރިއެވެ. އެމީހުން ބުންޏެވެ. ”⁠މިހާރު މިއޮއް އިރުއޮއްސެނީ. ދުވާލުގެ އަލިކަން ކެނޑެނީ. އަހަރެމެންނާއި އެކު މިތާ މިރޭ މަޑުކުރޭ.⁠“ ދެން އެކަލޭގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ.


ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.


ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ