Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 13:24 - ކިތާބުލް މުޤައްދަސާ

24 އޭނާ ރަސްގެފާނު އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ކަންބަޅި ކެހެރި ކޮށަން ބަޔަކު އެބައާދޭ. އިއްޒަތްތެރި މަނިކުފާނުގެ އެންމެހައި އަރިހުބޭކަލުން ޚާދިމުން ގޮވައިގެން އެ ޙަފުލާއަށް ވަޑައިގެން ދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 13:24
8 ပူးပေါင်းရင်းမြစ်များ  

އޭގެ އަހަރުތަކެއް ފަހުން ޔަހޫޛާގެ އަންހެނުން ނިޔާވިއެވެ. އަދި އެކަމުގެ ހިތާމައިގެ މުއްދަތު ނިމުމާއެކު ޔަހޫޛާ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމުގެ މަސައްކަތް ކުރަމުން ގެންދާ މީހުންގެ ގާތަށް ތިމްނާއަށް ދިޔައެވެ. އަދި އޭނާ އާއި އެކުގައި ޢަދުއްލާމްގެ އޭނާގެ އެކުވެރިޔާ ޙީރަތު ވެސް ތިމްނާއަށް ދިޔައެވެ.


އޭގެ ދެ އަހަރު ފަހުން އަބްޝާލޫމްގެ ކަންބަޅިތަކުގެ ކެހެރިކޮށަން އޭނާގެ ޚާދިމުން އަފްރާއީމުގެ ކައިރީގައި އޮންނަ ބަޢަލް ހާސޫރުގައި ތިއްބެވެ. އަބްޝާލޫމް ރަސްގެފާނުގެ އެންމެހާ ދަރިކަލުންނަށް އެރަށަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ.


ދާއޫދު ރަސްގެފާނު އަބްޝާލޫމަށް ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ! އަހަރެމެން އެންމެން ގޮސްގެން ކަމަކު ނުދާނެ. އޭރުން އެކަން ވާނީ ކަލެއަށް ވަރަށް ބޮޑު ތަކުލީފަކަށް.⁠“ އަބްޝާލޫމް އެތައް ވަރަކަށް ދެންނެވީމަ ވެސް ދާއޫދުގެފާނު ވަޑައިގަންނަވާކަށް އެއްބަސްފުޅެއް ނުވިއެވެ. އެކަމަކު އެކަލޭގެފާނު އޭނާއަށް ހެޔޮ އެދިވަޑައިގެންނެވިއެވެ.


އޭނާއަށް ކަލޭ މިތަނުގައި ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު އިވިގެން އަހަރެމެން ފޮނުވީއޭ. އޭނާ ބުނީ ކަލެއަށް އަންގާށޭ ކަލޭގެ ބަކަރި ބަލަހައްޓާ މީހުން އޭނާގެ ކައިރީގައި ކަރްމަލްގައި ސަލާމަތުން އެބަތިއްބޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުގެއްލެޔޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ