2 ޞަމޫއީލް 13:23 - ކިތާބުލް މުޤައްދަސާ23 އޭގެ ދެ އަހަރު ފަހުން އަބްޝާލޫމްގެ ކަންބަޅިތަކުގެ ކެހެރިކޮށަން އޭނާގެ ޚާދިމުން އަފްރާއީމުގެ ކައިރީގައި އޮންނަ ބަޢަލް ހާސޫރުގައި ތިއްބެވެ. އަބްޝާލޫމް ރަސްގެފާނުގެ އެންމެހާ ދަރިކަލުންނަށް އެރަށަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.