Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 13:20 - ކިތާބުލް މުޤައްދަސާ

20 ތާމާރު ދިއުމުން އޭނާގެ ބޭބޭ އަބްޝާލޫމް އޭނާ ކުރެން އެއްސެވެ. ”⁠ކަލޭގެ ބޭބެ ކަލެއަށް ކުރީ ކީތް؟ އޭނާ ކަލޭގެ ގަޔަށް އެރީތަ؟ ދެން ކޮއްކޯ! ތިޔަ ވާހަކަ ނުދައްކާތި. އަމްނޫންއަކީ އަހަރެމެންގެ ބޭބެއެއް. އެހެންވީމާ ތިކަންތައް ދެން މާ ބޮޑުކަމަކަށް ނަހަދާ!⁠“ ދެން އޭނާގެ ބޭބެ އަބްޝާލޫމްގެ ގޭގައި އުޅެން ފަށައިފިއެވެ. އޭނާ އުޅެމުން ދިޔައީ ހުސްހަށިބައިކަން މަތީ ނުހަނު ހިތްދަތިކަމާއެކުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 13:20
7 ပူးပေါင်းရင်းမြစ်များ  

މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.


މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނަށާއި ލައިއަތުއަށް މެސޮޕޮޓޭމިއާގައި ލިބިފައިވާ އަންހެން ދަރިފުޅު ދީނާގެ އިތުރުން ލިބިފައިވީ ދަރިންނެވެ. ޔަޢުޤޫބުގެފާނުގެ އާއިލާގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ އަދަދު މިހާހިސާބަށް ޖުމުލަ ތިރީސްތިނެއް ކަމުގައި ވެއެވެ.


ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.


ދާއޫދު ރަސްގެފާނަށް މި ޚަބަރު ލިބިގެން ވަރަށް ކޯފާވެއްޖެއެވެ.


އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.⁠“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.


ބައެއް މީހުން އެމީހުންގެ ހިތުގައިވާ ނަފްރަތުކަން އެމީހުން ބުނެލާ އޮމާން ބަސްތަކަކުން ފޮރުވާލައެވެ. އަސްލުގައި އެމީހުން ކަލެއަށް އޮޅުވާލަނީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ