2 ޞަމޫއީލް 13:14 - ކިތާބުލް މުޤައްދަސާ14 އެކަމަކު އަމްނޫން ތާމާރުގެ ބަހެއް ނޭހިއެވެ. އޭނާ ތާމާރަށް ވުރެން ބާރުގަދައެވެ. އެހެންކަމުން އޭނާ ތާމާރާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ. အခန်းကိုကြည့်ပါ။ |
މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.