Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 12:8 - ކިތާބުލް މުޤައްދަސާ

8 ކަލޭގެފާނަށް ޝާއުލްގެފާނުގެ ރަސްކަމާއި އެރަސްގެފާނުގެ އަނބިންތައް ވެސް ދެއްވީމޭ. އަދި ކަލޭގެފާނަށް އިސްރާއީލާއި ޔަހޫޛާގެ ރަސްކަން ވެސް ދެއްވީމޭ. ކަލޭގެފާނު އިތުރަށް ބޭނުން ވިނަމަވެސް ތިމަންކަލާނގެ އޭގެ ދެގުނަ ދެއްވީމުހޭ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 12:8
11 ပူးပေါင်းရင်းမြစ်များ  

މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’⁠މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.


މުއްސަނދި މީހާގެ އަތުގައި ވަރަށް ގިނަ ގެރިތަކާއި ކަންބަޅިތައް ހުރި.


ދެން ޔަހޫޛާ ގަބީލާގެ މީހުން ޙަބްރޫނަށް އައިސް ދާއޫދުގެ ބޮލަށް ތެޔޮއަޅައި ރަސްކަމަށް އިސްކޮށްފިއެވެ. ޝާއުލްގެފާނު ގެންގޮސް ވަޅުލީ ޔާބީޝް ޖިލްޢާދުގެ މީހުންކަން ދާއޫދު ރަސްގެފާނަށް އިވި ވަޑައިގެންފިއެވެ.


ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވައި ޔަހޫޛާގެ މައްޗަށް ހަތްއަހަރާއި ހަމަސް ދުވަހު ވެރިކަން ކުރައްވައި އަދި ޖެރޫސަލަމުގައި ހުންނަވައިގެން މުޅި އިސްރާއީލާއި ޔަހޫޛާގެ މައްޗަށް ތެއްތިރީސް އަހަރު ރަސްކަން ހިންގެވިއެވެ.


އިނބަރަސްކަލާނގެ މިއަޅާއަށް ތިޔަ ދެއްވާ ޤަދަރު މި ހިސާބުން ވެސް ނިންމަވާ ނުލައްވައި މިއަޅާގެ ދަރިކޮޅުގެ މީހުންނަށް ވެސް އިނބަރަސްކަލާނގެ މިރަސްމަތިފުޅު ތިޔަދެއްވަނީ. ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއީ އިނބަރަސްކަލާނގެ ހުރިހާ އިންސާނުންނާމެދު ވެސް ކަންތައް ކުރައްވާ ގޮތްތޯ؟


ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.⁠“


ކަލޭގެފާނު މާތްރަސްކަލާނގެ އަށް ކިޔަމަން ނުވީ ކީއްވެ؟ ކަލޭގެފާނު ސިއްޙަތު ރަނގަޅު ޖަނަވާރުތައް މިތަނަށް ގެންނެވީ ކީއްވެ؟ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ ގޮތް ހެއްދެވީ ކީއްވެ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ