2 ޞަމޫއީލް 12:7 - ކިތާބުލް މުޤައްދަސާ7 ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”އެ މުއްސަނދި މީހާއަކީ ޚުދު ކަލޭގެފާނު. އިސްރާއީލުގެ ވެރި ކަލާނގެ ވަޙީ ކުރެއްވީ މިހެން: ’ތިމަންކަލާނގެ ކަލޭގެފާނު ރަސްކަމަށް ހޮއްވަވައި ޝާއުލްގެފާނުގެ ކިބައިން ސަލާމަތް ކުރެއްވީމޭ. အခန်းကိုကြည့်ပါ။ |
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.
”އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.“