Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 12:19 - ކިތާބުލް މުޤައްދަސާ

19 އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުން ވައިއަޑުން މިވާހަކަތައް ދައްކާކަން އެނގިވަޑައިގެންފިއެވެ. އެހެންވެ ދަރިފުޅު މަރުވެއްޖެކަން އެކަލޭގެފާނަށް ޔަޤީންވެ ވަޑައިގެންފިއެވެ. އެކަލޭގެފާނު އަރިހުބޭކަލުން ކުރެން އެއްސެވިއެވެ. ”⁠ދަރިފުޅު މަރުވީ ދޯ؟⁠“ އަރިހުބޭކަލުން ދެންނެވިއެވެ. ”⁠އާދެ! ދަރިފުޅު ނިޔާވެއްޖެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 12:19
4 ပူးပေါင်းရင်းမြစ်များ  

ހަތްވަނައަށް ވީ ދުވަހު ކުއްޖާ މަރުވެއްޖެއެވެ. އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުންނަކަށް އެކަލޭގެފާނުގާތު އެވާހަކަ ދަންނަވާކަށް ނުކެރުނެވެ. އެމީހުން ހިތަށް އެރީ މިހެންނެވެ: ”⁠ދަރިފުޅު މަރުނުވެ އޮތް އިރު ވެސް އަހަރެމެން ދާއޫދުގެފާނަށް ބަސް ދަންނަވަން އުޅުނިން. އެކަމަކު އެކަލޭގެފާނު އަހަރެމެންގެ ބަހެއް އަޑެއް ނޭއްސެވި. މިހާރު ދަރިފުޅު މަރުވީމާ އެވާހަކަ އަހަރެމެން ދަންނަވައިފިއްޔާ އެކަލޭގެފާނު ކުރައްވާނީ ކޮންފަދަ ކަމެއްކަން ވެސް ނޭނގޭ.⁠“


ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.


އޭރު ދާއޫދު ރަސްގެފާނަށް އަމްނޫން މަރުވުމުގެ ހިތާމަ ފިލާވަޑައިގެންފިއެވެ. އެކަމަކު އަބްޝާލޫމް ނެތުމުން އެކަމާ ހިތާމަފުޅު ކުރައްވަން ފައްޓަވައިފިއެވެ.


އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ