Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 12:17 - ކިތާބުލް މުޤައްދަސާ

17 ދާއޫދުގެފާނުގެ އަރިސްބޭކަލުން އައިސް އުޅެއުޅެވެސް އެކަލޭގެފާނު ބިންމަތިން ތެދުވެވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ. އަދި އެއްޗެއް ފަރީއްކުޅުއްވާނެ ގޮތެއް ވެސް ނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 12:17
7 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


ހަތްވަނައަށް ވީ ދުވަހު ކުއްޖާ މަރުވެއްޖެއެވެ. އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުންނަކަށް އެކަލޭގެފާނުގާތު އެވާހަކަ ދަންނަވާކަށް ނުކެރުނެވެ. އެމީހުން ހިތަށް އެރީ މިހެންނެވެ: ”⁠ދަރިފުޅު މަރުނުވެ އޮތް އިރު ވެސް އަހަރެމެން ދާއޫދުގެފާނަށް ބަސް ދަންނަވަން އުޅުނިން. އެކަމަކު އެކަލޭގެފާނު އަހަރެމެންގެ ބަހެއް އަޑެއް ނޭއްސެވި. މިހާރު ދަރިފުޅު މަރުވީމާ އެވާހަކަ އަހަރެމެން ދަންނަވައިފިއްޔާ އެކަލޭގެފާނު ކުރައްވާނީ ކޮންފަދަ ކަމެއްކަން ވެސް ނޭނގޭ.⁠“


އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


އެކަމަކު އެކަލޭގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. ވިދާޅުވިއެވެ. ”⁠އަހަރެން އެކައްޗެއް ވެސް ނުކާނަން.⁠“ އެކަމަކު ދެންތިބި މީހުން އައިސް އެއަންހެންމީހާ ބުނި ބަސް ގަބޫލުފުޅު ކުރެއްވުމަށް އެކަލޭގެފާނަށް ބާރު އެޅިއެވެ. އެކަލޭގެފާނު ބިންމަތިން ތެދުވެ ވަޑައިގެން ސަރަންފީއެއް ގައި އިށީނދެ ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ