2 ޞަމޫއީލް 12:10 - ކިތާބުލް މުޤައްދަސާ10 އެހެންކަމުން ކަލޭގެފާނުގެ ގޭދޮށަކުން ދެން ކަނޑިއެއް ދުރެއް ނުވާނެޔޭ. އެއީ ކަލޭގެފާނު ޙިއްޘީންގެ އުރިއްޔާގެ އަނބިމީހާ ގެންދަވައި ކަލޭގެފާނުގެ އަނތްބަކަށް ހައްދަވައި ތިމަންކަލާނގެއާ މެދު އިހާނާތްތެރި ކޮށް ހިތީމައޭ.‘ အခန်းကိုကြည့်ပါ။ |
ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“
އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.“
ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.