Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 11:8 - ކިތާބުލް މުޤައްދަސާ

8 ދެން ދާއޫދުގެފާނު އުރިއްޔާ އަށް އެންގެވިއެވެ. ”⁠އަރާމުކޮށްލަން ގެޔަށްދޭ!⁠“ ދެން އުރިއްޔާ ރަސްގެފާނުގެ ގަނޑުވަރުން ނިކުމެއްޖެއެވެ. ރަސްގެފާނު އޭނާ ދާން ނުކުތީމާ އޭނާއަށް ހަދިޔާއެއް ވެސް ފޮނުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 11:8
11 ပူးပေါင်းရင်းမြစ်များ  

މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.


ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


ޚާދިމްކަލޭގެ އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންގޮސް އެބައިމީހުންގެ އަތްފައި ދޮވުމަށްޓަކައި ފެން ދިނެވެ. އަދި އެބައިމީހުންގެ ސަވާރީތައް ކަމުގައިވާ ހިމާރުތަކަށް ކާން ދިނެވެ.


އެބައިމީހުންނަށް ކާތަކެތި ގެނެވުނީ ޔޫސުފުގެފާނުގެ މޭޒުކޮޅުންނެވެ. ނަމަވެސް އެހެން އެންމެންނަށް ވުރެން ފަސްގުނަ އިތުރަށް ބަންޔާމީންއަށް ކެއުން ދެވުނެވެ. އަދި އެ އެންމެން އެކަލޭގެފާނާއި އެކުގައި މިނިވަންކަމާއެކު ކައިބޮއި އުފާކޮށް ހެދިއެވެ.


ފޮރުވިފައިވާ ހުރިހާ ކަމެއް ހާމަވާނެ. އަދި ސިއްރުކުރެވިފައިވާ ހުރިހާ ކަމެއް ފާޅުވެ އެނގޭނެ.


ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ