5 އޭގެ ފަހުން ބަތުޝަބާ ބަލިވެ އިނދެއްޖެއެވެ. އެހެންވެ އޭނާ މީހަކު ފޮނުވައިގެން މިވާހަކަ ރަސްގެފާނަށް ދަންނަވައިފިއެވެ. ”އަޅުގަނޑު މީނީ ބަލިވެ!“
ދާއޫދުގެފާނު ޔުއާބުއަށް ޚަބަރު ފޮނުއްވިއެވެ. ”ޙިއްޘީންގެ އުރިއްޔާ އަހަރެންގެ ގާތަށް ފޮނުވާ!“ އެހެންވެ ޔުއާބު ރަސްގެފާނުގެ އަރިހަށް އުރިއްޔާ ފޮނުވައިފިއެވެ.
ފިރިމީހާ ހަސަދަވެރި ވެގެން އަންނަ ރުޅިއަށް ވުރެން ގަދަ ރުޅިއެއް ނޯވެއެވެ. އޭނާ ބަދަލު ހިފާކަށް ވަކި މިންވަރެއް ހައްދެއް ނޯވެއެވެ.