2 ޞަމޫއީލް 11:21 - ކިތާބުލް މުޤައްދަސާ21 ޔުއާބު ހަނދާން ހުންނާނެ ނޫންހޭ ޔުރައްބަޝަތުގެ ދަރި އަބީމާލިކު މަރުވީވެސް އަންހެނަކު ތާބާޞްގެ ފާރުމަތިން އެއްލި ފުނޑާ ދާޔަކުން ޖެހިގެންކަން. އެހެންވީއިރު ޔުއާބުގެ ފައުޖު ފާރު ބުޑަށް ދިޔައީ ކީއްވެހޭ؟‘ މިކަހަލަ އެއްޗެއް ރަސްގެފާނު އައްސަވައިފިއްޔާ ކަލޭ މިހެން ދަންނަވާތި. ’އެމީހުންގެ ތެރޭގައި ކަލޭގެފާނުގެ ހަނގުރާމަވެރިއެއް ކަމަށްވާ ޙިއްޘީންގެ އުރިއްޔާ ވެސް މަރުވި.‘“ အခန်းကိုကြည့်ပါ။ |
އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.