Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 11:17 - ކިތާބުލް މުޤައްދަސާ

17 ދެން އެ ސަހަރުގެ މީހުން ހަނގުރާމައަށް ނުކުމެ ޔުއާބުގެ ސިފައިންނާ ހަމަލަދީ ހަނގުރާމަވެރިންގެ ބަޔަކު މަރައިފިއެވެ. މިމީހުންގެ ތެރޭގައި ޙިއްޘީންގެ އުރިއްޔާ ވެސް މަރުވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 11:17
5 ပူးပေါင်းရင်းမြစ်များ  

އެހެންވެ ރަށްބޭރުގައި އެންމެ ގަދަޔަށް ހަނގުރާމަ ހިނގާ އަދި އެންމެ ވަރުގަދަ ޢައްމޫނީ ފަހުލަވާނުން ތިބިތަނެއް ބަލާފައި ޔުއާބު އެތަނަށް އުރިއްޔާ ފޮނުވައިފިއެވެ.


ދެން ޔުއާބު ހަނގުރާމައިގައި ކަންތައް ހިނގިގޮތް ރަސްގެފާނަށް ދެންނެވުމަށް މީހަކު ފޮނުވައިފިއެވެ.


ޔުއާބު ހަނދާން ހުންނާނެ ނޫންހޭ ޔުރައްބަޝަތުގެ ދަރި އަބީމާލިކު މަރުވީވެސް އަންހެނަކު ތާބާޞްގެ ފާރުމަތިން އެއްލި ފުނޑާ ދާޔަކުން ޖެހިގެންކަން. އެހެންވީއިރު ޔުއާބުގެ ފައުޖު ފާރު ބުޑަށް ދިޔައީ ކީއްވެހޭ؟⁠‘ މިކަހަލަ އެއްޗެއް ރަސްގެފާނު އައްސަވައިފިއްޔާ ކަލޭ މިހެން ދަންނަވާތި. ’⁠އެމީހުންގެ ތެރޭގައި ކަލޭގެފާނުގެ ހަނގުރާމަވެރިއެއް ކަމަށްވާ ޙިއްޘީންގެ އުރިއްޔާ ވެސް މަރުވި.⁠‘⁠“


އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ