Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 11:11 - ކިތާބުލް މުޤައްދަސާ

11 އުރިއްޔާ ދަންނަވައްޕެވެ. ”⁠މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 11:11
19 ပူးပေါင်းရင်းမြစ်များ  

ދެން ނޯކަރުން ގޮސް ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އުރިއްޔާ ގެޔަކަށް ނުދޭ.⁠“ އެހެންވެ ދާއޫދުގެފާނު އޫރިއްޔާއަށް އެންގެވިއެވެ. ”⁠ކަލޭ ތިހިރީ ދިގު ދަތުރަކުން އައިސްފަ. ކަލޭ ގެޔަށް ނުދިޔައީ ކީއްވެ؟⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟⁠“ އަންހެނާ ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން. ކަލޭގެފާނު ވިދާޅުވާ އެއްޗަކާ އިދިކޮޅަށް މީހަކަށް ކަނާތަށް ވެސް ވައަތަށް ވެސް އެނބުރިއެއް ނުލެވޭނެ. ކަލޭގެފާނުގެ އަރިހު ބޭކަލެއް ކަމަށްވާ ޔުއާބު މިކަންތައް ކުރާނެ ގޮތް ބުނެދީ މިހުރިހާ ވާހަކައެއް އަޅުގަނޑުގެ އަނގަޔަށް އަޅައިދިނީ.


ދާއޫދުގެފާނު އަބީޝާއިގެ ގާތު ވިދާޅުވިއެވެ. ”⁠އަބްޝާލޫމަށް ވުރެން ބިކްރީގެ ދަރި ޝަބަޢަގެ ނުރައްކާ އަހަރެމެންނަށް މާ ބޮޑު. އަހަރެމެންގެ ސިފައިން ގޮވައިގެން ގޮސް ޝަބަޢަގެ ކަންތައް ނިންމާލާ. އެހެންނޫނީ އޭނާ ގޮސް ކިއްލާއެއްގެ ފާރުން އެތެރެވެދާނެ. އެކަލޭގެ ރައްކާތެރި ރަށަކަށް ވަދެއްޖެއްޔާ އަތުލައެއް ނުގަނެވޭނެ.⁠“


އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.⁠“


ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ.


ވީއިރު ކަލޭމެންގެ މާތް ސާހިބާ، އަދި އެދުރުކަލޭގެފާނު ކަލޭމެންގެ ފައި ދޮވެދީ ހަދާއިރު، ކަލޭމެން ވެސް އެކަކު އަނެކަކާ ދޭތެރޭ އެފަދައިން ކަންތައް ކުރަން ޖެހޭނެ.


އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.


”⁠އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ.


ޝާއުލްގެފާނު އަޚިއްޔާ ގާތު ވިދާޅުވިއެވެ. ”⁠އަފޫދު މިތަނަށް ގެނޭ.⁠“ އޭރު އިމާމު ވަނީ އިސްރާއީލީންގެ މެދުގައި އަފޫދު ހެދުމުގައެވެ.


ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”⁠މީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.⁠“


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި.


ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ