Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 10:9 - ކިތާބުލް މުޤައްދަސާ

9 ޔުއާބު ބަލާލިއިރު ދުޝްމަނުންގެ ލަޝްކަރު އެމީހުންގެ ކުރިމަތީގައިއާއި ފުރަގަހުގައި ތިއްބެވެ. އެހެންކަމުން އިސްރާއީލީންގެ ލަޝްކަރުގެ ތެރޭން ވަރުގަދަ މީހުން ނަގައި އެމީހުން އަރާމީނީންނާ ކުރިމަތިލުމަށް ސަފު ހަދާލައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 10:9
6 ပူးပေါင်းရင်းမြစ်များ  

ޔުއާބުގެ ލަޝްކަރުގައި ބާކީ ތިބިމީހުން އޭނާގެ ކޮއްކޮ އަބީޝާއި އާ ހަވާލުކޮށް ޢައްމޫނީންނާ ދިމާ ކުރަން ބައިތިއްބައިފިއެވެ.


އޭރު ޢައްމޫނީން ނުކުމެ ހަނގުރާމައަށް ތައްޔާރުވެގެން އެ ސަހަރުގެ ބޮޑުދޮރާށި ދޮށުގައި ތިއްބެވެ. ޒޫބާއާއި ރަޙޫބުގެ އަރާމިނީންނާއި ޠޫބުގެ މީހުންނާއި މައަކާގެ މީހުން ތިބީ ޢައްމޫނީންނާއި ވަކީންނެވެ. އެމީހުން އެއްވެ ތިބީ އެ ސަހަރުގެ ކައިރި ހިސާބުގައި ހުންނަ ހާމަ މައިދާނެއްގައެވެ.


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ