Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 10:6 - ކިތާބުލް މުޤައްދަސާ

6 ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 10:6
24 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


ދާއޫދުގެފާނުގެ ގާތު މީހުން އައިސް މި ޚަބަރު ދެންނެވުމުން އެބޭކަލުންގެ ގާތަށް ރަސްގެފާނުގެ އެންގެވުން ހިފައިގެން ބަޔަކު ފޮނުއްވައިފިއެވެ. އެހެނީ އެބޭކަލުން އޭރު ތިބީ ނުހަނު ބޮޑަށް ލަދުގެންފައެވެ. ދާއޫދުގެފާނު އެ ބޭކަލުންނަށް އެންގެވިއެވެ. ”⁠ކަލޭމެންގެ ތުނބުޅިތައް ދިގުވަންދެން ޖެރޫސަލަމަށް ނައިސް އަރީޙާގައި އިހަށް މަޑުކުރޭ.⁠“


ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު ޔުއާބުއާއެކު މުޅި ލަޝްކަރު ފޮނުއްވައިފިއެވެ.


އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުންޏެވެ. ”⁠ކަލޭގެފާނުގެ ބައްޕާފުޅު ވަޑައިގަތީ މި ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ޖާރިޔާއިންތަކެއް ބައިތިއްބައިފައި. އެމީހުންނާއެކު ކަލޭގެފާނު އެއްދާން ކުރައްވާ! އޭރުން އިސްރާއީލުގެ އެންމެންނަށް ކަލޭގެފާނު ކަލޭގެފާނުގެ ބައްޕާފުޅުގެ އަގުވައްޓާލައިފިކަން އެނގިގެން ދާނެ. އޭރުން ކަލޭގެފާނުގެ ބާރުފުޅު ގަދަވެއްޖެކަން އެނގި އެމީހުންނަށް ހިތްވަރު ލިބޭނެ.⁠“


މަޢުކީއީން އަވަށުގެ އަޙަސްބާއިގެ ދަރި އަލީފަލްދު، ޖީލޫނީ އަވަށުގެ އަޚީތޫފަލުގެ ދަރި އަލީއާމް،


އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫން ވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ.


މީގެ އިތުރުން ދާއޫދުގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ ލަޝްކަރު ވެސް ބަލިކުރެއްވިއެވެ. އެއީ ފުރާތު ކޯރުގެ ސަރަހައްދުގެ މައްޗަށް އަލުން ބާރުވެރިވެގަތުމަށް އެމީހުން އައިސް އުޅެނިކޮށެވެ.


ހަދަދުޢަޒަރުގެ މީހުންނަށް އެހީވުމަށް ސީރިއާގެ އަރާމީން އައުމުން އެކަލޭގެފާނު އެމީހުންގެ ބާވީސްހާސް ސިފައިން ގަތުލު ކުރެއްވިއެވެ.


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.


އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.


އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ