ދާއޫދުގެފާނުގެ ގާތު މީހުން އައިސް މި ޚަބަރު ދެންނެވުމުން އެބޭކަލުންގެ ގާތަށް ރަސްގެފާނުގެ އެންގެވުން ހިފައިގެން ބަޔަކު ފޮނުއްވައިފިއެވެ. އެހެނީ އެބޭކަލުން އޭރު ތިބީ ނުހަނު ބޮޑަށް ލަދުގެންފައެވެ. ދާއޫދުގެފާނު އެ ބޭކަލުންނަށް އެންގެވިއެވެ. ”ކަލޭމެންގެ ތުނބުޅިތައް ދިގުވަންދެން ޖެރޫސަލަމަށް ނައިސް އަރީޙާގައި އިހަށް މަޑުކުރޭ.“