2 ޞަމޫއީލް 10:17 - ކިތާބުލް މުޤައްދަސާ17 ދާއޫދުގެފާނަށް މިޚަބަރު ލިބިވަޑައިގެން މުޅި އިސްރާއީލުގެ ލަޝްކަރު އެއްތަން ކުރައްވައިފިއެވެ. ދެން އެމީހުން ކޯރު ހުރަސްކޮށް ގޮސް އުރުދުންގެ އަނެއް ފަރާތުގައި އޮންނަ ހިލާމު އަވަށަށް ހިނގައްޖެއެވެ. އޭރު އެތަނުގައި ތައްޔާރުވެގެން ތިބި އަރާމީންނާ ދާއޫދުގެފާނާ ހަނގުރާމަ ފައްޓަވައިފިއެވެ. အခန်းကိုကြည့်ပါ။ |
ދެން ދާއޫދުގެފާނު ވަޑައިގެން އަރާމީން ބަލިކުރައްވައިފިއެވެ. އަރާމީން އިސްރާއީލީންގެ އަތުން ބަލިވުމުން ދުއްވައިގެންފިއެވެ. ދާއޫދުގެފާނު އެމީހުންގެ އަސްގާޑިޔާ ދުއްވާމީހުންގެ ހަތްސަތޭކަ މީހުންނާއި ބިންމަތީ ސިފައިންގެ ސާޅީސްހާސް މީހުން ގަތުލު ކުރައްވައިފިއެވެ. އަދި އަރާމީންގެ ސިފައިންގެ ވެރިޔާ ވެސް މަރުއްވައިފިއެވެ.