2 ޞަމޫއީލް 10:14 - ކިތާބުލް މުޤައްދަސާ14 ޢައްމޫނީންނަށް އަރާމީން ބަލިވެގެން ދުވާތަން ފެނިގެން އަބީޝާއިގެ ކުރިމަތީގައި ތިބި މީހުން ވެސް ދުއްވައިގެންފިއެވެ. އެމީހުން ދިޔަގޮތަށް އެނބުރި އެމީހުންގެ ރަށަށް ހިނގައްޖެއެވެ. އެހެންވެ ޔުއާބު ޢައްމޫނީންނާ ކުރި ހަނގުރާމައިން އެނބުރި ޖެރޫސަލަމަށް އަތުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
ދާއޫދުގެފާނު އަބީޝާއިގެ ގާތު ވިދާޅުވިއެވެ. ”އަބްޝާލޫމަށް ވުރެން ބިކްރީގެ ދަރި ޝަބަޢަގެ ނުރައްކާ އަހަރެމެންނަށް މާ ބޮޑު. އަހަރެމެންގެ ސިފައިން ގޮވައިގެން ގޮސް ޝަބަޢަގެ ކަންތައް ނިންމާލާ. އެހެންނޫނީ އޭނާ ގޮސް ކިއްލާއެއްގެ ފާރުން އެތެރެވެދާނެ. އެކަލޭގެ ރައްކާތެރި ރަށަކަށް ވަދެއްޖެއްޔާ އަތުލައެއް ނުގަނެވޭނެ.“