2 ޞަމޫއީލް 10:10 - ކިތާބުލް މުޤައްދަސާ10 ޔުއާބުގެ ލަޝްކަރުގައި ބާކީ ތިބިމީހުން އޭނާގެ ކޮއްކޮ އަބީޝާއި އާ ހަވާލުކޮށް ޢައްމޫނީންނާ ދިމާ ކުރަން ބައިތިއްބައިފިއެވެ. အခန်းကိုကြည့်ပါ။ |
ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.“