8 އެކަލޭގެފާނު އެއްސެވި، ’ކަލޭ ތީ ކާކުތަ؟‘ ’އަޅުގަނޑު މީ ޢަމާލިޤީއެއް.‘ އަޅުގަނޑު ދެންނެވިން.
އޭގެ ފަހުން ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުން ޤާދަޝްއަށް ނުވަތަ ޢައިނިމިޝްފާޠު ސަހަރަށް އެނބުރި ގޮސް ޢަމާލިޤީންނަށް ލިބިގެންވީ ހުރިހާ ބިމެއް ހިފުމަށް ފަހު، ޙައްޞޫންތާމަރުގައި ދިރިއުޅޭ އަމޫރީންގެ މައްޗަށް ފަތަޙަ ހޯދިއެވެ.
ދެން މި ޚަބަރާއިގެން އައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ކަލޭ ތީ ކޮންތާނކު އުޅޭ މީހެއްތަ؟“ އެމީހާ ބުންޏެވެ. ”އަޅުގަނޑު މީ މިރަށުގައި އުޅޭ ބީރައްޓެއްސެއް. އަޅުގަނޑުގެ ބައްޕައަކީ ޢަމާލިޤީއެއް.“
އެކަލޭގެފާނު އެނބުރި ވަޑައިގަތްތަނާ އަޅުގަނޑު ފެނިވަޑައިގެން އަޅުގަނޑަށް ގޮވާލެއްވި. އަޅުގަނޑު ދެންނެވިން. ’މަސާހިބު، އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ؟‘
ދެން އެކަލޭގެފާނު ވިދާޅުވި. ’މިތަނަށް އައިސް އަހަރެން މަރައި ދީ! މަމި އޮތީ މަރުގެ ސަކަރާތުގެ ތެރޭގައި. އެކަމަކު އަދިވެސް މަރެއް ނުވި.‘
ދާށޭ، ގޮސް ޢަމާލިޤީން އެންމެން ނައްތާލާށޭ. އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ގެރި ބަކަރިއަކަސް ހިމާރަކަސް ޖަމަލަކަސް އެކައްޗެއް ވެސް ބަހައްޓައިގެން ނުވާނެއޭ.“
މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)
ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.
”ކަލޭ ތީ ކޮން ބައެއްގެ މީހެއްތަ؟ ކަލޭ ތިއައީ ކޮން ތަނަކުން ތަ؟“ ދާއޫދު އޭނާ ކުރެން އެއްސެވެ. ”އަހަރެން މީ މިޞްރު މީހެއް. އަހަރެންނީ ޢަމާލިޤީއަކުންގެ އަޅެއް.“ އޭނާ ޖަވާބު ދިނެވެ. ”މީގެ ތިން ދުވަސް ކުރިން އަހަރެން ބަލި ވީމާ އަހަރެންގެ ވެރިމީހާ އަހަރެން އެއްލާލައިފި.
ދާއޫދު އެމީހުންނާ މޫނުއަނދިރި ކަމުގެ ތެރޭގައި ހަމަލަދޭން ފެށި ގޮތަށް އަނެއް ދުވަހު އިރު އޮއްސެންދެން ހަނގުރާމަ ކޮށްފިއެވެ. އޭގެ ތެރޭން ޖަމަލުތަކަށް އަރައިގެން ފިލި ހަތަރުސަތޭކަ މީހުން ނޫން އެކަކު ވެސް ސަލާމަތެއް ނުވެއެވެ.