5 މި ޚަބަރު ގެނައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިން އަވަހާރަވީކަން ކަލެއަށް އެނގުނީ ކިހިނެއް؟“
”ވީ ކީއްތަ؟“ ދާއޫދު އެއްސެވެ. ”ހަނގުރާމައިގެ ކަންތައް ދިޔައީ ކިހިނެއް؟“ އެމީހާ ބުންޏެވެ. ”އަހަރެމެންގެ ސިފައިން ދުވެފިލައިފި. އެކަންތަކުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ޒަޚަމުވެ މަރުވި. ޝާއުލްރަސްގެފާނާއި ދަރިކަލުން ޔޫނަތައިން ވެސް އަވަހާރަވެއްޖެ.“
އޭނާ ބުންޏެވެ. ”އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ.
އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ.
ކަންކަން ފާޅު ނުކުރުމުން މާތްކަލާނގެ އަށް ޢިއްޒަތް ލިބި ވޮޑިގަންނަވައެވެ. ކަންތައް ފާޅު ކުރުމުން ރަސްގެފާނަށް ޝަރަފު ލިބިވަޑައިގަންނަވެއެވެ.