Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 1:26 - ކިތާބުލް މުޤައްދަސާ

26 ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ! ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ! އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ! އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެން ވެސް މަތިވެރި ލޯތްބެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 1:26
7 ပူးပေါင်းရင်းမြစ်များ  

ކިހާ ދެރަހެއްޔެވެ؟ ގަދަފަދަ ހަނގުރާމަވެރިން މައިދާނަށް އެތިބީ ވެއްޓިފައެވެ. ހަތިޔާރުތަކުގެ ބޭނުން ކެނޑިފައެވެ.⁠“


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”⁠ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.


މިފަދައިން ޔޫނަތައިން އަލުން މި ޢަހުދު އާކުރީ ދާއޫދު ދެކެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިޖެހިފައި ވާތީއެވެ.


އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.


އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ