Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 1:20 - ކިތާބުލް މުޤައްދަސާ

20 މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ. އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ. އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ. ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 1:20
15 ပူးပေါင်းရင်းမြစ်များ  

ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”⁠ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.⁠“


ދާއޫދު މިވާހަކަ ދެއްކި މީހުންގެ ގާތު ބުންޏެވެ. ”⁠ތިއީ ދެން ކާކުތަ، ދިރިދެމި ވޮޑިގެންވާ ކަލާނގެ ސިފައިންނާ ކުރިމަތިލާން؟ ތިއީ ޚިތާނު ނުކޮށް ތާނކު ހުރި ފިލިސްޠީއެކޭ. ތިޔަ އެތި މަރައި ތިޔަ ބަލާއިން މިންޖު ކޮށްދިން މީހަކަށް ދޭނީ ކޮން އިނާމެއްތަ؟⁠“


އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްކަލާނގެ ލަޝްކަރާ.


ޖުލިޔާތު މަރާލާފައި ހަނގުރާމަ ނިންމާފައި އެ އެންމެން ރަށަށް އެނބުރި އައުމުން އަންހެންވެރިން ޝާއުލްގެފާނަށް މަރުހަބާ ކިޔަން އަތުވެއްޖެއެވެ. އެވެރިން އައިސް އުފާ ފާޅުކޮށް ނަށައި ތާރަޖަހައި ނަރުކޮއްޓި ކުޅެ ހަދަން ފަށައިފިއެވެ.


ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.⁠“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ.


ފިލިސްޠީނުގެ މީހުން ކުށުގެ ކައްފާރާއެއްގެ ގޮތުގައި ގެނައި ރަނުން ހަދާފައިވާ މުލިހީގެ ސޫރަތަކަކީ އެ ހިސާބުގެ ފަސް އަވަށް ކަމަށްވާ އަޝްދޫދާއި، ޣައްޒާއާއި، އަޝްޤަލޫނާއި ޖައްތުއާއި ޢަޤްރޫން ރަމްޒުކޮށް ހަދާފައިވާ ތަކެއްޗެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ