19 ”އިސްރާއީލުގެ އިއްޒަތް އެވަނީ ފަރުބަދަ މަތީގައި ވެއްޔާމޮޑެވިފަ އެވެ! އެއޮތްފަދަ ގަދަ ފަހުލަވާނުންތައް ވެސް އެތިބީ ވެއްޓިފައެވެ!
ޝާއުލްގެފާނުގެ ދެބަފައިން ދިރިތިބި އިރު ހުރިހާ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބުނެވެ. މަރުވެ ދިޔައީވެސް އެކު އެކީގައެވެ. އެދެމީހުން ބާޒަށް ވުރެން ވެސް ހަލުއްވެވެ. ސިންގާއަށް ވުރެން ވެސް ބާރުގަދައެވެ.
ގަދަފަދަ ފަހުލަވާނުން ހަނގުރާމައިގެ މައިދާނަށް ވެއްޓިފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟ ޔޫނަތައިން އެވަނީ ފަރުބަދައިގެ އުހަށް މައްޗަށް ވެއްޓިފައެވެ.
ކިހާ ދެރަހެއްޔެވެ؟ ގަދަފަދަ ހަނގުރާމަވެރިން މައިދާނަށް އެތިބީ ވެއްޓިފައެވެ. ހަތިޔާރުތަކުގެ ބޭނުން ކެނޑިފައެވެ.“
އަނެއް ދުވަހު ފިލިސްޠީނުން ހަނގުރާމައިގެ މައިދާނުގައި ހުރި ބޭނުން ހިފޭތަކެތި ބަލާ ދިޔައިރު އެމީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ މަރުވެފައިވާ މަސްގަނޑު ފެނުނެވެ.