Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 1:14 - ކިތާބުލް މުޤައްދަސާ

14 ދާއޫދު ބުންޏެވެ. ”⁠މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއް ވެސް ނުގެންތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 1:14
12 ပူးပေါင်းရင်းမြစ်များ  

ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“


ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.


ދާއޫދުގެ މީހުންނަށް އޭނާ ބުންޏެވެ. ”⁠އަހަރެންގެ ސާހިބާއާ މެދު މިފަދަ ކަމެއް ކުރެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ނުކުރައްވާށި! މާތްރަސްކަލާނގެ އައްޔަން ކުރައްވާފައިވާ ރަސްކަލަކާ ދިމާއަށް އަތް އުފުއްލެވޭނެ ގޮތް މެދުވެރި ނުކުރައްވާށި!⁠“


މިހެން ބުނެ ދާއޫދުގެ މީހުންނަށް ޝާއުލްގެފާނަށް ހަމަލައެއް ނުދިނުމަށް ގަދަ ބަހުން އެންގެވިއެވެ. އޭރު ޝާއުލްގެފާނު އެތަނުން ނުކުމެ ވަޑައިގެން ވަޑައިގަންނަވަނީއެވެ.


އަހަރެމެންގެ އަތުން އެކަލޭގެފާނަށް ގެއްލުމެއް ދޭން މާތްރަސްކަލާނގެ އިރާދަ ނުކުރައްވާށި. ހިނގާ، އެކަލޭގެފާނުގެ ފެން ގުޅިއާއި ލޮންސި ހިފައިގެން މިތަނުން ދާން.⁠“


ދާއޫދު ބުންޏެވެ. ”⁠އެކަލޭގެފާނަށް ގެއްލުމެއް ދީގެން ނުވާނެ. މާތްރަސްކަލާނގެ ވެރިކަމަށް އިސް ކުރައްވާފައިވާ ބޭކަލަކަށް ގެއްލުމެއް ދީފައި ކުށެއް ނެތް މީހެއްގެ ގޮތުގައި އުޅެވޭނީ ކާކަށް؟


ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.⁠“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ