Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 1:12 - ކިތާބުލް މުޤައްދަސާ

12 ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 1:12
10 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


އަދާވާތްތެރިޔާއަށް ދެރަގޮތެއް ދިމާވީމާ އުފާފާޅު ނުކުރާށެވެ. އޭނާ ވެއްޓުނީމާ އެކަމާ ނުހޭށެވެ.


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އެމީހުން އެ ކަށިތައް ނަގައި ޔާބީޝްގެ ތަމަރިސްކު ގަހުގެ ބުޑުގައި ވަޅުލައިފިއެވެ. އަދި ހަތްދުވަހު ރޯދައަށް ތިބެއްޖެއެވެ.


އެހެންކަމުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާއާއި އަދި އެކަލޭގެފާނާއި އެކުގައި ތިބި އެންމެން އެކަށް އެދުވަހު މަރުވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ