11 ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ.
ކުޑަހިނދުކޮޅެއް ފަހުން ރައޫބައިން ވަޅުގެ ކައިރިއަށް އައެވެ. އަދި ޔޫސުފުގެފާނު އެވަޅުގެ އެތެރޭގައި ނެތްކަން އެނގުމުން އެކަމާއި އޭނާ ދެރަވާކަން ދެއްކުމުގެ ގޮތުން އޭނާ ލައިގެންހުރި ހެދުން އިރާލިއެވެ.
މިކަމާއިމެދު ޔަޢުޤޫބުގެފާނު ހިތާމަކުރައްވާ އެކަލޭގެފާނުގެ ފޭރާން ކޮޅު އިރުއްވައި ސުތުލި ފޭރާންކޮޅެއް ތުރުކުރެއްވިއެވެ. އަދި ޔޫސުފުގެފާނު އަވަހާރަވުމުގެ ހިތާމައިގައި އެތައް ދުވަސްތަކެއް ވަންދެން އެކަލޭގެފާނު އުޅުއްވިއެވެ.
އެބައިމީހުންނަށް މިތަން ފެނި ގަތް ބިރުންނާއި ވީ ދެރައިން އެބައިމީހުންގެ އަންނައުނުތައް ވީދަންފެށިއެވެ. އެއަށް ފަހު، ހިމާރުތަކުގެ ބުރަކަށިމައްޗަށް ގޯނިތައް އަރުވައިގެން އެނބުރި އަވަށުގެ ތެރެއަށް އެބައިމީހުން ދިޔައެވެ.
ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.
ދެން ދާއޫދު ރަސްގެފާނު ހެދުންކޮޅު ވީއްދަވައި ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ރަސްގެފާނުގެ ކާރީގައި ތިބި އަރިހުބޭކަލުން ވެސް ހެދުން ވީދައިފިއެވެ.
ދެން ދާއޫދުގެފާނު ޔުއާބްއާއި އޭނާއާ އެކުގައި ތިބި އެންމެންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން ވެސް ހެދުން ވީދައި މޮޅިވެރިކަމުގެ ސާލު ލާ. އަދި އަބްނައިރުއާ މެދު ހިތާމަފާޅު ކުރޭ.“ އަބްނައިރުގެ ގަބުރު ގެންދިޔައިރު ދާއޫދު ރަސްގެފާނު ވެސް އެގަބުރުގެ ފަހަތުން ވަޑައިގެންނެވިއެވެ.
ބަރުނައްބާސް އާއި ޕައުލް އަށް އެމީހުން މި ކުރަން އުޅޭ ކަންތައްތައް އެނގިއެކަމާ ހާސްވެ ވީ ދެރައިން އެމީހުންގެ ގައިގައިވާ އަންނައުނުތައް އިރާލާ ދުވަމުން ގޮސް އެއްވެފައިވާ މީސްތަކުންގެ މެދަށް ވަދެ ބުންޏެވެ.