Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 3:7 - ކިތާބުލް މުޤައްދަސާ

7 ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅުން ޤިޔާމަތާއި ޖެހެންދެން އެކަލާނގެ އުފެއްދެވި އުޑާއި ބިން ދެމެހެއްޓެވިއެވެ. އަދި އެކަލާނގެ ބަސްފުޅާއެކު ޤިޔާމަތްވެގެން ދާއިރު އުރެދުނު ފަރާތްތައް ގަދަވެގެންވާ އަލިފާނުގެ ތެރޭގައި ނެތިކުރައްވައި އުޑުތަކާއި ބިމުގައިވާ އެންމެހާ ތަކެތި އެ އަލިފާނުގައި އަނދައިދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 3:7
31 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


ޤިޔާމަތް ދުވަހުގައި ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ވުރެން ކަލޭމެންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ ކަމުގެ ޔަޤީންކަން އަހަރެން ކަލޭމެންނަށް ދެން.


ނަމަވެސް ސަދޫމުގެ އަހުލުވެރިންނަށް ދެވުނު ޢުޤޫބާތަށް ވުރެން ބޮޑު ޢުޤޫބާތް ކަލޭމެންނަށް ޤިޔާމަތް ދުވަހުގައި ލިބިދޭނޭ ކަމުގައި އަހަރެން ކަލޭމެންނަށް ބުނަން.⁠“


އަހަރެން ކަލޭމެންނަށް ބުނަން. ކޮންމެ މީހަކު ކޮންމެ ވިޔާނުދާ ބަހެއް ބުނި ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުގައި އެމީހަކު ބުނި ބަހާއި މެދު އެމީހަކު ޒިންމާވާން ޖެހޭނެ.


އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


ތިޔަބައިމީހުން އަރާ ރަށަކުން މީސްތަކުން މަރުޙަބާ ނުކިޔައިފިނަމަ ނޫނީ ތިޔަބައިމީހުންނަށް ސަމާލު ކަމެއް ނުދީފިނަމަ، އެރަށަކުން ފުރައިގެންދަމުން ތިޔަބައިމީހުންގެ ފައިން އެރަށުގެ ހިރަފުސް ފޮހެލާފައިދޭ. އެއީ އެބައިމީހުންނަށް އިންޒާރަކަށްޓަކައި!⁠“


ނަމަވެސް އަހަރެންގެ ބަސްތަކާއި ދެކޮޅުވެރިވާ ކޮންމެ މީހަކާއި މެދު ޤިޔާމަތް ދުވަހުން ހިސާބު ބެލެވޭނެ. އެދުވަހުން އެމީހުންނާމެދު ނިޔާކަނޑައަޅާ ފަނޑިޔާރަކީ އަހަރެން ގެނެސް ދިން ތެދު ބަސްތައް.


ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ.


ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.


ނަމަވެސް ތަނަވަސް ކަމަށް އެދުންވެރިވާ ބަޔަކު ވަސްވާސްތަކުގެ ދަންތުރައިގައިޖެހި އަނިޔާވެރިކަމާ މޮޔަ އެދުންތަކަށް ގެނބިގެންގޮސް ހަލާކުވެ ބަރުބާދު ވެދެއެވެ.


އެހެނީ އަހަރެމެންގެ އިލާހަކީ ފަނާކުރަނިވި އަލިފާނެއް ފަދަ ކަލެކެވެ!


މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ.


ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.


ހުރިހާ އެންމެންނާއިމެދު މާތްރަސްކަލާނގެ އިންސާފު ކުރައްވާ ދުވަހާއިމެދު އިންތިޒާރު ކުރުމުގައެވެ. އަދި އެދުވަސް އަވަސްގޮތެއްގައި ދުށުމަށް އެދި ތިބެގެންނެވެ. އެދުވަސް ކުރިމަތިވުމުން އުޑުތަކުގައިވާ ތަކެތި އަލިފާނުން ނެތިކުރައްވައެވެ. އަދި އެންމެހާ އުންސުރުތައް އެ އަލިފާނުގައި ވިރިގެން ދެއެވެ.


އަހަރެމެން މާތްކަލާނގެއާ ގުޅި ލާމެހިފައިވުމުން އަހަރެމެންގެ ލޮބުވެތިކަން ފުރިހަމަވެގެން ދާނެއެވެ. އެހެންކަމުން އަހަރެމެން ޤިޔާމަތް ދުވަހާމެދަކު ބިރުވެތިވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެ ޙަޟްރަތަށް އަހަރެމެން ދާނީ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުގައެވެ. އެގޮތަކީ މިދުނިޔޭގައި އަހަރެމެން އުޅެމުން ގެންދަނީ އީސާގެފާނު ފަދައިން ކަމުގައިވާތީއެވެ.


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


ތިބާއަށް ފެނުނު ދާއްބައަކީ މީގެ ކުރީން ދިރިހުރި ފަރާތެއް. ނަމަވެސް މިހާރަކު ނޫޅޭ. އޭނާ އަންނާނީ އަށްވަނަ ރަސްގެފާނުގެ ގޮތުގައި. އޭނާއަކީ ފުރަތަމަ ހަތް ރަސްކަލުންގެ ތެރެއިން އެއް ފަރާތް. އަދި އޭނާ ދާނީ އޭނާގެ ނިމުމާއި ދިމާލަށް.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


އެއަށް ފަހު އާ އުޑަކާއި އާ ދުނިޔެއެއް އަހަރެން ދުށީމެވެ. ފުރަތަމަ އުޑާއި ފުރަތަމަ ދުނިޔެ ނެތި ދިޔައެވެ. އަދި ކަނޑު ވެސް ނެތި ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ