Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 3:14 - ކިތާބުލް މުޤައްދަސާ

14 އެހެންވީމާ، ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަންތައްތައް މިމަގުން ހިނގާނެ ކަމުގައި ތިޔަބައިމީހުން އުންމީދުގައި ތިބެ ބަދުނާމުތަކުން އެއްކިބާވެގެންވާ ސާފު ޙަޔާތެއްގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި މާތްރަސްކަލާނގެ އާއިއެކު ސުލްޙަވެރި ގޮތުގައި ވާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 3:14
19 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ގާތު އަލްމަސީޙު ސަހަރާގެ ތެރޭގައި ހުންނެވި ކަމަށް މީހަކު ބުންޏަސް އެތަނަށް ތިޔަބައިމީހުން ގޮސްގެން ނުވާނެ! އަދި ސިއްރު ތަނެއްގައި އެކަލޭގެފާނު ހުންނެވި ކަމަށް ތިޔަބައިމީހުންގެ ގާތު ބުންޏަސް އެކަން ގަބޫލުކޮށްގެން ނުވާނެ!


އެ އަންހެން ކުދިން ނިދިން ހޭލައި އެކުދިންގެ ބައްތިތައް ދިއްލައި ތައްޔާރުވި ހިނދު


ވެރިމީހާ އެންގެވި ފަދައިން ކަންތައް ކުރި މަސައްކަތްތެރިއަކަށް އުފާ ހުރި. އެއީ އޭނާގެ ވެރިމީހާ އައިސް އޭނާ ކަންތައް ކުރި ގޮތް ދެކެ އެކަމާއި އުފާވާނެ.


”⁠މާތްރަސްކަލާކޯ! އިނބަރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މި ދުނިޔެ ދޫކޮށް ދެވިދާނެ.


އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ.


އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.


އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބާ އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ.


އަހަރެމެންގެ މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނާއިގެން ވަޑައިގަންނަވާ ހިނދު މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ބާރުގަދަ ކުރައްވައި ޚާލިސް މަޢުސޫމް ބައެއްގެ ގޮތުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އުނި ނުކޮށް ސާފު ސީދާ ގޮތުގައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާށެވެ. އޭރުން މާތްސާހިބާ އީސާ އަލްމަސީޙު އަލުން އެނބުރި ދުނިޔެއަށް ވަޑައިގަތުމާއި ހަމައަށް އެއްވެސް މީހަކަށް ތިބާގެ ފުށުން ކުށެއް ނުދެއްކޭނެއެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.


ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.


މިފަދަ ހުރިހާ ކަމެއް އޭނާގެ އެންމެހާ ލިޔުންތަކުގައި ލިޔެފައިވެއެވެ. އޭނާގެ ބައެއް ލިޔުންތަކުގައި ހިމެނިފައިވާ ތަކެއްޗަކީ އުނގެނިގަތުމަށް އުނދަގޫ ތަކެތި ކަމުގައި ވިއަސްމެއެވެ. އަދި މީސްތަކުންގެ ތެރެއިން އީމާންކަން ބަލިކަށި، ތަންދޮރުނޭނގޭ ބަޔަކު މިފަތްފުށްތައް ނުބައި ގޮތުގައި މާނަ ކޮށްދެއެވެ. ހަމައެގޮތުގެމަތިން އެފަދަމީހުން އެހެނިހެން ފަތްފުށްތައް ވެސް ބުނެ ދެމުން ދަނީ ނުބައި ގޮތުގައެވެ. މިކަމުގައި އެބައިމީހުންނަށް ހުރި ޖަޒާއަކީ ގެއްލުމާއި ހަލާކެވެ.


އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ