Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 3:12 - ކިތާބުލް މުޤައްދަސާ

12 ހުރިހާ އެންމެންނާއިމެދު މާތްރަސްކަލާނގެ އިންސާފު ކުރައްވާ ދުވަހާއިމެދު އިންތިޒާރު ކުރުމުގައެވެ. އަދި އެދުވަސް އަވަސްގޮތެއްގައި ދުށުމަށް އެދި ތިބެގެންނެވެ. އެދުވަސް ކުރިމަތިވުމުން އުޑުތަކުގައިވާ ތަކެތި އަލިފާނުން ނެތިކުރައްވައެވެ. އަދި އެންމެހާ އުންސުރުތައް އެ އަލިފާނުގައި ވިރިގެން ދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 3:12
17 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.


އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!⁠“


އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.


އެގޮތުން އަހަރެމެންގެ ވަށައިގެންވާ އެންމެހާ ތަކެތީގެ ނިމުން ހުރީ މިފަދައިންނެވެ. ވީއިރު، ތިޔަބައިމީހުން ޙަޔާތް ވޭތުކުރަންވީ ކޮންފަދަ މުޤައްދަސް ޞާލިޙު ގޮތެއްގައި ހެއްޔެވެ؟ ތިޔަބައިމީހުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތާއިގެން ކުރިއަށް ދާށެވެ.


ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅުން ޤިޔާމަތާއި ޖެހެންދެން އެކަލާނގެ އުފެއްދެވި އުޑާއި ބިން ދެމެހެއްޓެވިއެވެ. އަދި އެކަލާނގެ ބަސްފުޅާއެކު ޤިޔާމަތްވެގެން ދާއިރު އުރެދުނު ފަރާތްތައް ގަދަވެގެންވާ އަލިފާނުގެ ތެރޭގައި ނެތިކުރައްވައި އުޑުތަކާއި ބިމުގައިވާ އެންމެހާ ތަކެތި އެ އަލިފާނުގައި އަނދައިދެއެވެ.


އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ