Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 3:1 - ކިތާބުލް މުޤައްދަސާ

1 ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 3:1
15 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތް ސާފު މީހުންނަށް. އެހެނީ އެފަދަމީހުންނަށް މާތްރަސްކަލާނގެ ފެންނާނެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ.


އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ.


ލޮބުވެތި އެކުވެރިންނޭވެ! އަހަރެމެން މިހެން ބުނިކަމުގައި ވިޔަސް ކަލޭމެންނާ މެދު ޔަޤީންކަން އެބައޮތެވެ. ކަލޭމެން ކަންތައް ކުރަނީ ދިންނެވުމުގެ ހެޔޮ ދަރުމަ ލިބިފައިވާ މީހުން ފަދައިންނެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


އެހެންވީމާ، ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަންތައްތައް މިމަގުން ހިނގާނެ ކަމުގައި ތިޔަބައިމީހުން އުންމީދުގައި ތިބެ ބަދުނާމުތަކުން އެއްކިބާވެގެންވާ ސާފު ޙަޔާތެއްގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި މާތްރަސްކަލާނގެ އާއިއެކު ސުލްޙަވެރި ގޮތުގައި ވާށެވެ.


ރަޙުމަތްތެރިންނޭވެ. ވަގުތު އައުމުގެ ކުރިން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް މި ކުރަނީ މިކަންތައްތަކާ މެދު ސަމާލުވެ ތިބުމަށެވެ. ގޮތެއްފޮތެއްނެތް މީސްތަކުން ކުރާ ގޯސްކަންތަކުގައި ތިޔަބައިމީހުން ޖެހި އެބައިމީހުން ދައްކާ މަގުން ނުދިއުމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިގެންވާ އީމާންތެރިކަމުގައި ކައްސައިނުލައި ދެމިތިބުމަށެވެ.


ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަން ހަނދާން ނައްތައި ނުލާށެވެ. މާތްރަސްކަލާނގެ ދެކެވޮޑިގަންނަވާ ގޮތުގައި އެންމެ ދުވަހެއް އެއްހާސް އަހަރު ފަދައެވެ. އަދި އެއްހާސް އަހަރުގެ މުއްދަތް އެއްދުވަސް ފަދައެވެ.


މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ