Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 2:6 - ކިތާބުލް މުޤައްދަސާ

6 އެއަށް ފަހު ފާޙިޝް އަމަލުތަކުގައި ވާ ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ އަލިފާނުގެ ޢަޒާބެއް ކުރިމަތި ކުރައްވައި އެ ރަށްތައް އަނދައި އަޅިޔަށް ހައްދަވައި އެކަލާނގެއަށް އުރެދުނު ފަރާތްތަކަށް ހުރި ޢުޤޫބާތުގެ މިސާލެއްކަމުގައި އެބައިމީހުން ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 2:6
20 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ.


އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް.


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.⁠“


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ