ޕަތަރަސްގެ ދެވަނަ ސިޓީ 2:21 - ކިތާބުލް މުޤައްދަސާ21 އެބައިމީހުންނަށް ޙައްޤު ގޮތަކީ ކޮބައިކަން އެނގުމަށް ފަހު މާތްކަލާނގެ އެންގެވި ކަރާމާތްތެރި އަމުރުފުޅަށް ފުރަގަސްދިނުމަށް ވުރެން ޞާލިޙު ގޮތްތަކަކީ ކޮބައިކަން ނޭނގި ތިބުން ވެސް އެމީހުންނަށް މާރަނގަޅު ވީހެވެ. အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.“
އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.
މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.