Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 2:19 - ކިތާބުލް މުޤައްދަސާ

19 މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 2:19
14 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ފާފަ ކުރާ ކޮންމެ މީހަކީ ފާފައިގެ އަޅެއް.


ދެން އެ ނުބައި ރޫޙު އަވަލާފައިވާ މީހާ އެމީހުންގެ މައްޗަށް ފުންމައިގަނެ، އެމީހުންގެ ގައިގައި ތަޅާ އަނިޔާ ކުރަން ފެށިއެވެ. ދެން އެމީހުން އެގެއިން ނުކުމެގެން ދުވެދިޔައެވެ. އޭރު އެމީހުންގެ ގައިން ޒަހަމްވެ ލޭ އޮހެރުމުން ދިޔައެވެ. އަދި އެމީހުން ލައިގެން ތިބި އަންނައުނުތައް ވީދި، އެމީހުން ވަނީ އޮރިޔާން ހާލުގައެވެ.


އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަން މަތީ ތިބޭށެވެ.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ތިޔަބައިމީހުންނީ އަޅުންގެ ގޮތުގައިވާ ބައެއްނޫނެވެ. ތިޔަބައިމީހުން ވަނީ މިނިވަން ކުރެވިގެންނެވެ. ނަމަވެސް ތިޔަބައިމީހުންގެ މިނިވަންކަމަކީ ފާޙިޝް އަމަލުތަކަށް އަރައިގަތުންކަމުގައި ބަލައިގެންނުވާނެއެވެ. މާތްރަސްކަލާނގެ ޚާދިމެއްގެ ގޮތުގައި ޙަޔާތުވޭތުކުރާށެވެ.


މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.


އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ