Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 2:18 - ކިތާބުލް މުޤައްދަސާ

18 ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 2:18
22 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


ނަމަވެސް އެ ރަށުގައި އުޅުނު ސައިމަންއޭ ނަމަކަށް ކިޔުނު މީހަކު ވިއެވެ. މީނާ ވަނީ އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން މުޅި ސަމީރިއްޔާގެ އެންމެން ހައިރާން ކުރުވާފައެވެ. އޭނާ އަކީ މޮޅު މަތިވެރި ބާރެއް ލިބިގެންވާ މީހަކު ކަމުގައި އޭނާ ދަޢުވާ ކުރެއެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.


މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ.


މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.


އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.


އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ.


އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.


ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ.


ރަޙުމަތްތެރިންނޭވެ. ވަގުތު އައުމުގެ ކުރިން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް މި ކުރަނީ މިކަންތައްތަކާ މެދު ސަމާލުވެ ތިބުމަށެވެ. ގޮތެއްފޮތެއްނެތް މީސްތަކުން ކުރާ ގޯސްކަންތަކުގައި ތިޔަބައިމީހުން ޖެހި އެބައިމީހުން ދައްކާ މަގުން ނުދިއުމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިގެންވާ އީމާންތެރިކަމުގައި ކައްސައިނުލައި ދެމިތިބުމަށެވެ.


އެބައިމީހުންގެ ލަދުޙަޔާތްކުޑަ އަމަލުތައް ގަދަ ކަނޑުގެ ބިޔަ ރާޅުތަކުން ހަޑި ފޮނުތަކެއް ހެން އަރައެވެ. ހަމައެހެންމެ މިސްރާބުގެއްލިގެން ދާ ތަރިތަކެއްފަދައިން އެއަށް ޚާއްސަ ކުރެވިފައިވާ އެންމެ ފުން އަނދިރިކަމުގެ ތެރެއަށް ވަދެ ފަނާވެގެން ދެއެވެ.


އެއަށް ފަހު، އެހެން ދާއްބައެއް ބިމުން ނުކުތްތަން އަހަރެން ދުށީމެވެ. ޅަކަންބަޅިއެއް ފަދައިން އޭގައި ދެ ދަޅުވިއެވެ. ނަމަވެސް އޭތި ވާހަކަ ދައްކަނީ ޑްރޭގަނަކު ވާހަކަ ދައްކާ ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ