ޕަތަރަސްގެ ދެވަނަ ސިޓީ 2:15 - ކިތާބުލް މުޤައްދަސާ15 އެބައިމީހުން ކުރިއަށް ދާނީ މަގުފުރެދިގެން ތިބެއެވެ. އަދި ހެޔޮ މަގެއްކަމުގައި ބަލާނީ ބޭއޯރުގެ ދަރި ބަލާމު ހިނގިމަގެވެ. އެއީ މި ބަލާމު ލޯބިކުރީ ނުބައިވެގެންވާ އަމަލުތަކުން ފައިސާ ހޯދުމަށެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުންގެ ސަބަބުން ގިނަ ބަޔަކު ވޭނާ ކުރިމަތިލާނެއެވެ. އަދި އެހެންމެ އެބައިމީހުން ވެސް އެފަދައިން ވޭން އުފުލާންޖެހެއެވެ. ސަބަބަކީ އެ ވޭނަކީ އެބައިމީހުންނަށް ކުރެވިފައިވާ ކަންތައްތަކުގެ އަނިޔާވެރި ޖަޒާއެވެ. ދުވާލުގެ ހާމަވެގެންވާ އަލިކަމުގައި އެބައިމީހުން ލޯބިކުރާނީ ފާޙިޝް ވެގެންވާ އުފާވެރިކަމަށެވެ. ތިޔަބައިމީހުންގެ މެދުގައި އެބައިމީހުން ވާނީ ލަދުޙަޔާތް ނެތިގެންވާ ބައެއްގެ ގޮތުގައެވެ. ތިޔަބައިމީހުންނާއި އެކުގައި ސުފުރާކުރާ ހިނދު އެބައިމީހުން ވާނީ މަކަރުވެރި ކަމުން ފުރިފައެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.
ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.