ޕަތަރަސްގެ ދެވަނަ ސިޓީ 2:14 - ކިތާބުލް މުޤައްދަސާ14 އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
މިފަދަ ހުރިހާ ކަމެއް އޭނާގެ އެންމެހާ ލިޔުންތަކުގައި ލިޔެފައިވެއެވެ. އޭނާގެ ބައެއް ލިޔުންތަކުގައި ހިމެނިފައިވާ ތަކެއްޗަކީ އުނގެނިގަތުމަށް އުނދަގޫ ތަކެތި ކަމުގައި ވިއަސްމެއެވެ. އަދި މީސްތަކުންގެ ތެރެއިން އީމާންކަން ބަލިކަށި، ތަންދޮރުނޭނގޭ ބަޔަކު މިފަތްފުށްތައް ނުބައި ގޮތުގައި މާނަ ކޮށްދެއެވެ. ހަމައެގޮތުގެމަތިން އެފަދަމީހުން އެހެނިހެން ފަތްފުށްތައް ވެސް ބުނެ ދެމުން ދަނީ ނުބައި ގޮތުގައެވެ. މިކަމުގައި އެބައިމީހުންނަށް ހުރި ޖަޒާއަކީ ގެއްލުމާއި ހަލާކެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.