ޕަތަރަސްގެ ދެވަނަ ސިޓީ 2:11 - ކިތާބުލް މުޤައްދަސާ11 ނަމަވެސް މަލާއިކަތުންނީ ބާރުގެ ގޮތުންނާއި ހަކަތައިގެ ގޮތުން މިފަދަ ދޮގު އެދުރުންނަށް ވުރެން އެތައް ގޮތަކުން މަތިވެރި ވެގެންވާ ބައެކެވެ. އެހެނަސް މި މަތިވެރި މަލާއިކަތުން ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ތުޙުމަތު ކުރައްވާ ބަދުނާމެއް ނުކުރައްވައެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
ނަމަވެސް އެންމެ މަތިވެރި މަލާއިކަތާ މިޚައީލުގެފާނާ ޝައިތާނާއާ ދެމެދު މޫސާގެފާނުގެ ހަށިކޮޅާ ހަވާލުވާނީ ކާކުހޭ ކުރެވުނު ޒުވާބު ތެރޭގައި ވެސް މީކާއީލުގެފާނަކަށް އިބިލީސްއަށް ހުތުރު ބަސްތައް ރައްދުކޮށް ކުށްވެރި ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އެއާ ޚިލާފަށް މީކާއީލުގެފާނު ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ. ”މާތްރަސްކަލާނގެ ކަލެއަށް ޢުޤޫބާތް ދެއްވާނެ.“