ޕަތަރަސްގެ ދެވަނަ ސިޓީ 1:21 - ކިތާބުލް މުޤައްދަސާ21 އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘
”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“
އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.
އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.“