ޕަތަރަސްގެ ދެވަނަ ސިޓީ 1:17 - ކިތާބުލް މުޤައްދަސާ17 މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.“
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.“
އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.