Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ދެވަނަ ސިޓީ 1:15 - ކިތާބުލް މުޤައްދަސާ

15 މިތަކެތި ތިޔަބައިމީހުންނަށް ހާމަކޮށްދިނުމަށް ގަދައަޅައި އަހަރެން މަސައްކަތް މިކުރަނީ އެހެން ވެގެންނެވެ. އަހަރެން މި ދުނިޔޭގައި ނެތް ދުވަހެއް އަތުވެއްޖެނަމަ ތިޔަބައިމީހުން މިތަކެތި ހަނދުމަ ކުރުން މަތީގައި ދެމިތިބުމަކީ އަހަރެންގެ އެދުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ދެވަނަ ސިޓީ 1:15
11 ပူးပေါင်းရင်းမြစ်များ  

މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ.


އެބޭކަލުން ވަނީ ސުވަރުގޭގެ ނޫރުން ނޫރު ލެއްވިގެންނެވެ. އެބޭކަލުން ވާހަކަފުޅު ދައްކަވަމުން ދިޔައީ އީސާގެފާނުގެ މަރާއި ބެހޭގޮތުންނެވެ. އަދި ޖެރޫސަލަމުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ކުރައްވާ ނިންމަވާނޭ ގޮތާ ބެހޭ ގޮތުންނެވެ.


އަހަރެން ތިޔަބައިމީހުންނާއި އެކުގައި ވީ ހިނދު މި ވާހަކަތައް ކިޔައިދިން ހަނދާން ތިޔަބައިމީހުން ނުވޭހެއްޔެވެ؟


އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.


ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ.


މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ