ޕަތަރަސްގެ ދެވަނަ ސިޓީ 1:11 - ކިތާބުލް މުޤައްދަސާ11 އަދި އަހަރެމެންގެ މާތްސާހިބާ، ދިންނެވުން ދެއްވާ ފަރާތްކަމުގައިވާ އީސާ އަލްމަސީޙުގެ ނިމުމެއް ނުވާ ރަސްކަންފުޅަށް ވާސިލުވުމަށްޓަކައި ތިޔަބައިމީހުންނަށް ފުޅާވެގެންވާ ދޮރުކޮޅެއް މާތްރަސްކަލާނގެ ހުޅުއްވައި ދެއްވާނެއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.
މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.