ޔޫޙަންނާގެ ދެވަނަ ސިޓީ 1:9 - ކިތާބުލް މުޤައްދަސާ9 އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.
ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.